ކޮންޓެކްޓް

ނޭޝަނަލް ޑްރަގް އެޖެންސީއާ އީމެއިލް، ފޯން، އޮފީސް އެޑްރެސް އަދި އޮފީސް ގަޑީގެ ތެރެއިން ގުޅުއްވޭނެއެވެ.

  • އީމެއިލް

    info@nda.gov.mv

  • ފޯން

    +960 332 2306

  • އެޑްރެސް

    ގްރީން ބިލްޑިންގ، އަމީނީ މަގު، މާލެ 20379، ދިވެހިރާއްޖެ

  • އޮފީސް ގަޑި

    އާދީއްތަ – ބުރާސްފަތި، 8:00 – 15:00

ހެލްޕްލައިން ސަރވިސް

ތަޢާރަފް

ނޭޝަނަލް ޑްރަގް އެޖެންސީގެ ހެލްޕްލައިން 1410ގެ ހިދުމަށް ރަސްމީކޮށްފައްޓަވާފައިވަނީ 2011 ޖޫން 26 ގައި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދުއެވެ. ހެލްޕްލައިން 1410 ގެ ޚިދުމަތަކީ ހަފްތާއަކު 7 ދުވަހު، ކޮންމެދުވަހަކު 24 ގަޑިއިރު ފޯރުކޮށްދެމުންދާ ޚިދުމަތެކެވެ. ހެލްޕްލައިންއިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ނޭޝަނަލް ޑްރަގު އޭޖެންސީއިން ފަރުވާދިނުމަށްޓަކައި ހުޅުވާފައިވާ ސެންޓަރުތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށް ދިނުމާއި، ސެންޓަރުތަކުން ކުރިއަށްގެންދާ ފަރުވާގެ ޕްރޮގްރާމާއި ބެހޭ މަޢުލޫމާތާއި ފަރުވާއަށް ދެވޭނެގޮތްތަކާއި އަދި މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކާއި އެފަރާތްތަކުގެ ޢާއިލާތަކަށް މަސްތުންސާފުވެ ތިބުމަށްޓަކައި ބޭނުންވާ ތަފާތު މަޢުލޫމާތު ފޯރުކޮށްދިނުމެވެ. 1410ގެ ޚިދުމަތަކީ މި ނަންބަރަށް ގުޅާފަރާތްތަކުގެ ސިއްރު ހިފެހެއްޓޭ ޚިދުމަތެކެވެ.

އަމާޒް

ނޭޝަނަލް ޑްރަގް އެޖެންސީގެ ހެލްޕްލައިންގެ އަމާޒަކީ ފަރުވާއަށް އަންނަ ކޮންމެ ކްލައިންޓަކީ މަސްތުންސާފުވެ، މުޖުތަމައު ޤަބޫލުކުރާ، މަސްތުވާތަކެއްޗާއި ނުލައި ދިރިއުޅެވޭނެހާ ޤާބިލިއްޔަތުކަން ހުރި ބަޔަކަށް ހެދުމާއި އަދި ނޭޝަނަލް ޑްރަގު އޭޖެންސީގެ ފަރުވާއާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް އެކަމާއިގުޅޭ އެކަށީގެންވާ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

1410 ހެލްޕްލައިންގެ ޑިއުޓީ ނަންގަވާ ފަރާތްތައް

  • ކައުންސެލަރސް
  • އެސިސްޓެންޓު ކައުންސެލަރސް
  • ކައުންސެލިންގ އެސޯސިއޭޓްސް
  • އެޑިކްޝަން ދާއިރާއިން ތަމްރީން ލިބިފައިވާ ފަރާތްތައް
  • ނެޝަނަލް ޑްރަގް އެޖެންސީގެ ހިންގުމާއި ހަވާލުވެ ހުންނަވާ ފަރާތުން ނިންމަވާ އެހެނިހެން އެކަމަށް ތަމްރީން ކުރެވިފައިވާ ފަރާތްތައް

1410 ޑިއުޓީގެ ވަގުތު

1410 ހެލްޕްލައިން ޑިއުޓީގެ ވަގުތަކީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 08:00 އަށެވެ.

ހެލްޕްލައިން 1410

ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެލްޕްލައިން 1410 ގެ ޚިދުމަތަކީ ހަފްތާއަކު 7 ދުވަހު، ކޮންމެ ދުވަހަކު 24 ގަޑިއިރު ފޯރުކޮށްދެމުންދާ ޚިދުމަތެކެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވާފައިވަނީ 2011 ޖޫން 26 ގައެވެ.

ހެލްޕްލައިންއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި، ފަރުވާދިނުމަށްޓަކައި ހުޅުވާފައިވާ މަރުކަޒުތަކާ ބެހޭ މަޢުލޫމާތާއި، މަރުކަޒުތަކުން ކުރިއަށްގެންދާ ފަރުވާގެ ޕްރޮގްރާމްތަކާ ބެހޭ މަޢުލޫމާތާއި، ފަރުވާއަށް ދެވޭނެ ގޮތްތަކާއި، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކާއި އެފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

1410 އަށް ގުޅުއްވާ ފަރާތްތަކުގެ ސިއްރު ހިފެހެއްޓޭނެއެވެ.

އަމިއްލަ މަރުކަޒުތައް

އެންޑީއޭ މަރުކަޒުތަކާ ގުޅޭ އާންމު ކޮންޓެކްޓް ތަފްޞީލު ތިރީގައި އެވަނީއެވެ.

ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ – ކ.ހިންމަފުށި

ތަން ހިންމަފުށި, Kaafu

ފޯން 3039080

ކޮމިއުނިޓީ ސަރވިސް ސެންޓަރ

ތަން މާލެ, Kaafu

ފޯން 3310066

ގަގަން ކްލިނިކް

ތަން މާލެ, Kaafu

ފޯން 3039018

އައުޓްޕޭޝަންޓް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ – ދަގެނާ (ގއ.ވިލިނގިލި)

ތަން ވިލިނގިލި, Gaafu Alifu

ފޯން 7291657

ހާފްވޭ ހައުސް – ހުޅުމާލެ

ތަން ހުޅުމާލެ, Kaafu

ފޯން 3350059

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ – ހދ.ހަނިމާދޫ

ތަން ހަނިމާދޫ, Haa Dhaalu

ފޯން 3312018

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ – ގދ.ތިނަދޫ

ތަން ތިނަދޫ, Gaafu Dhaalu

ފޯން 6842665

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ – ޏ.ފުވައްމުލައް

ތަން ފުވައްމުލައް, Gnaviyani

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ – ސ.ހިތަދޫ

ތަން ހިތަދޫ, Seenu

ވިލުނު ސެންޓަރ – ސ.ހުޅުދޫ

ތަން ހުޅުދޫ, Seenu