އެބައުޓް
ޑްރަގް މަނާކުރުން، ފަރުވާ، އަދި އިޖްތިމާއީ އަލުން އެކުލެވުމުގެ ޤައުމީ މަސައްކަތުގައި އެޖެންސީގެ ބާރު، ތަޞައްވުރު، އަދި ޤާއިމީ އޮނިގަނޑު.
ތަޢާރަފް
އިދާރާއާމެދު
މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް، އެކި މުއްދަތުތަކުގައާއި ޙާލަތުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު، މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭ ހަރުކަށި ޢަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ޞިއްޙީ މައްސަލަތައް ދެނެގަނެ، އެކަމާ ދެކޮޅަށް ތަޢާރުފުކުރާ ޤައުމީ ސިޔާސަތުތައް ތަންފީޛުކުރެއެވެ.
މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޛުކުރަމުންދޭތޯ ބަލަމުންދިޔުމާއި، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިނގާގޮތް ބަލައި، ކަމާބެހޭ އެންމެހައި އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން އަދާކުރެއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، އެމީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމަޢަށް ގެނައުމަށް މަސައްކަތްކުރެއެވެ.
މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ދީ، އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާއި، މުޖުތަމަޢުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރެއެވެ. މީގެ އިތުރުން މަސްތުވާތަކެއްޗާގުޅޭ ބޭރުގެ އިދާރާތަކާ ގުޅިގެން، އެކިއެކި ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ހިންގުމާއި، މަޢުލޫމާތު ޙިއްޞާކުރުމާއި، އެމީހުންގެ މަޢުލޫމާތާއި ތަޖުރިބާއިން ދިވެހިރާއްޖެއަށް ފައިދާއާއި މަންފާއާއި އެހީ ހޯދުމަށް މަސައްކަތްކުރެއެވެ.
ބާރު
ޤާނޫނީ އަސާސް
ޤާނޫނީ ބާރު
ނޭޝަނަލް ޑްރަގް އޭޖެންސީގެ ޤާނޫނީ ބާރު ލިބިގެންވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނު (17/2011) ންނެވެ.
އިދާރާގެ މަސްއޫލިއްޔަތުތައް
- މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް އެކި މުއްދަތުތަކުގައާއި ޙާލަތުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭ ހަރުކަށި ޢަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ޞިއްޙީ މައްސަލަތައް ދެނެގަނެ، އެކަމާ ދެކޮޅަށް ތަޢާރުފުކުރާ ޤައުމީ ސިޔާސަތުތައް ތަންފީޛުކުރުން.
- މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް، ސަރުކާރުގެ އިދާރާތަކުން ތަންފީޛުކުރަމުންދޭތޯ ބަލަމުންދިޔުން.
- މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިނގާގޮތް ބަލައި، ކަމާބެހޭ އެންމެހައި އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.
- މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، އެމީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމަޢަށް ގެނައުމަށް މަސައްކަތްކުރުން.
- މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ދީ، އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
- މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމަޢުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.
- މަސްތުވާތަކެއްޗާގުޅޭ ބޭރުގެ އިދާރާތަކާ ގުޅިގެން، އެކިއެކި ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ހިންގުމާއި، މަޢުލޫމާތު ޙިއްޞާކުރުމާއި، އެމީހުންގެ މަޢުލޫމާތާއި ތަޖުރިބާއިން ދިވެހިރާއްޖެއަށް ފައިދާއާއި މަންފާއާއި އެހީ ހޯދުމަށް މަސައްކަތްކުރުން.
ޑިޕާޓްމަންޓްތައް
ޑިޕާޓްމަންޓްތައް އަދި އޮނިގަނޑު
ނޭޝަނަލް ޑްރަގް އޭޖެންސީގެ އޮނިގަނޑު ޗީފް އެގްޒެކެޓިވް އޮފިސަރާއި ޑިރެކްޓަރ ޖެނެރަލް ގެ ދަށުން ބެހިގެންދަނީ މައިގަނޑު 3 ޑިވިޝަނާއި، ސީ.އީ.އޯ ސީދާ ބަލަހައްޓަވަމުން ގެންދަވާ ކޮލިޓީ އެޝޫރަންސް ސެކްޝަނަކަށެވެ.
ހިމެނެނީ
- ކޯޕަރޭޓް އެފެއަރޒް ޑިވިޝަން
- ޕްރޮގްރާމް ޑިވެލޮޕްމަންޓް އެންޑް ސްޓެޓިސްޓިކްސް ޑިވިޝަން
- ޓްރީޓްމަންޓް އެންޑް ރީއިންޓިގްރޭޝަން ޑިވިޝަން
- ކޮލިޓީ އެޝޫރަންސް ސެކްޝަން
ރީއިންޓަގްރޭޝަން ސެކްޝަން
ރީއިންޓަގްރޭޝަން ސެކްޝަން އަކީ ނޭޝަނަލް ޑްރަގް އޭޖެންސީގެ އެކިސެންޓަރުތަކުން ފަރުވާ ހޯދާފަރާތްތަކާއި، އަދި ފަރުވާގެ ޕްރޮގްރާމްތައް ފުރިހަމަކޮށް މުޖުތަމަޢުއަށް އަނބުރާ ނެރެވޭ ފަރާތްތައް އެފަރާތްތަކުގެ އާޢިލާތަކާއި، މުޖުތަމަޢުއާއި ގުޅުވާދިނުމައްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށާއި، ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރުވާ ފުރިހަމަކޮށް މުޖުތަމަޢުއަށް އަނބުރާ ނެރެވޭ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފުރުޞަތުތަކާއި،ވަޒީފާގެ ފުރުޞަތުތައް ބޭނުންވާ ފަރާތްތަކަށް އެފަދަ ފުރުޞަތު ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމަށާއި އަދި ފަރުވާ ފުރިހަމަކޮށް މުޖުތަމަޢުއަށް ދޫކޮށްލެވޭ ފަރާތްތައް މަސްތުން ސާފުވެތިބިތޯ ބެލުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ރާވާ، ވިލަރެސް ކުރުމުގެ މަސައްކަތުގެ ޒިންމާ މަތިކުރެވިފައިވާ ސެކްޝަނެވެ.
ފޯރުކޮށްދޭ ޚިދުމަތްތައް
- ހުނަރު ދަސްކުރުން
- ތަޢުލީމީ އެހީ
- ވަޒީފާގެ ފުރުޞަތު
- ސައިކޯސޯޝަލް އެހީ
- އެކްސްޕޯ އަދި އެގްޒިބިޝަން
- އާފްޓަރކެއަރ
އެސެސްމަންޓް ސެކްޝަން
މަސްތުވާތަކެއްޗަބެހޭ ޤާނޫނުގެ ދަށުން، ޑްރަގް ކޯޓުގެ އަމުރުގެ ދަށުންނާއި އެހެނިހެން ގޮތްގޮތުން ޑްރަގް ކޯޓާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރުވާ ޕްރޮގްރާމް ތަކުގައި ބައިވެރިވުމަށް އެދި ހުށައަޅާ ފަރާތްތަކުގެ ޑްރަގް އިންޑިކޭޓިވް އެސެސްމަންޓް ޑްރަގް ޑިޕެންޑެންސް ސްކްރީނިންގގެ މަސައްކަތްތައް ކުރިއަށް ގެންދާ ސެކްޝަނެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައެއްވޭތޯ ބެލުމަށް ސްކްރީނިންގ ވެސް މި ސެކްޝަނުން ކުރިއަށް ގެންދާނެއެވެ.
މެނޭޖްމަންޓް އަދި ބޯޑް
ޖަމްޢިއްޔާ
އެން.ޑީ.އޭ ހިންގޭ ގޮތް
- ކޯޕަރޭޓް އެފެއަރޒް ޑިވިޝަން
- ޕްރޮގްރާމް ޑިވެލޮޕްމަންޓް އެންޑް ސްޓެޓިސްޓިކްސް ޑިވިޝަން
- ޓްރީޓްމަންޓް އެންޑް ރީއިންޓިގްރޭޝަން ޑިވިޝަން
- ކޮލިޓީ އެޝޫރަންސް ސެކްޝަން